އޮންލައިން ހިދުމަތްތައް

ރަށު ތަރައްޤީގެ ޕްލޭން ޙިއްސާ ކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

29 ނޮވެމްބަރ 2016އިޢުލާން
ކުރިޔަށް އޮތް 5 އަހަރު ދުވަހަށް އެކުލަވާލެވޭ ރަށު ތަރައްޤީ ޕްލޭނާއި ބެހޭގޮތުން ހިޔާލު ހުށަހަޅައި މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެއް 29 ނޮވެމްބަރ 2016 ވަނަ ދުވަހުގެރޭ (މިރޭ) 20:45 ގައި ފައިނު ސްކޫލްގެ ހޯލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ރަށުގެ ކުރިމަގު ބިނާކުރުމުގެ މިމުހިންމު މަސައްކަތުގައި އެންމެހާ ރައްޔިތު ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވާ މިބައްދަލުވުމަށް ވަޑައިގެންދެއްވުމަކީ މިއިދާރާގެ ވަރަށްބޮޑު އެދުމެއްކަމުގަައި ދަންނަވަމެވެ. އަދި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރެވޭ ިފަދަ މަސައްކަތްތަކުގަައި އެންމެހާ ބޭފުޅުން ދެއްވަވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.