އޮންލައިން ހިދުމަތްތައް

ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

19 ފެބްރުއަރީ 2018އިޢުލާން
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އިސްލާޙް ކުރެވިފައިވާ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ.
ވީމާ، މިއަހަރުވެސް ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 22 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ. އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް http://www.fainucouncil.gov.mv/p/dhandubimahedheyform.html އަށް ޒިޔާރަތް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ދަނޑުބިން ދޫކުރުމުގެ އުޞޫލް ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
ނަންބަރު: (IUL)311/311/2018/6
ދަނޑުބިމަށް އެދޭ އޮންލައިން ފޯމް ދަނޑު ދޫކުރުމުގެ އުޞޫލް