އޮންލައިން ހިދުމަތްތައް

ހިނަވާގެ އަޅާ ބިމުގައިހުރި ރުއްގަހުގެ މިލްކުވެރި ފަރާތެއް ހޯދުން

13 މާރޗް 2018އިޢުލާން
ހެޔޮއެދޭ ފަރާތަކުން މިރަށުގައި ޢިމާރާތްކުރުމަށްހަމަޖެހިފައިވާ ހިނަވާގެ އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެބިމުގައި އެކިވަރުގެ ރުއް ގަސްހުރިކަން ފާހަގަކުރެވެއެވެ. މިބިމަކީ މިރަށު ޞިއްޙީ މަރުކަޒުގޯތީގެ ހުނޅަގުން 100 ފޫޓްގެ ބިމެއް ކަލޭފާނު މަގުގެ އުތުރު ފަޅިން ދޫކުރުމަށްފަހު ކަނޑައެޅިފައިވާ 50 ފޫޓްގެ ބިމެކެވެ. މި ބިން ސާފުކުރުމުގެ މަސައްކަތް ހިނަވާގެ އަޅާފަރާތުން މިހާރުކުރަމުން އެބަގެންދެއެވެ.
ވީމާ، ހިނަވާގެ އެޅުމަށް ސާފުކުރަމުންގެންދާ ބިމުގައިހުރި އެކިވަރުގެ ރުއް ގަހުގެ ވެރިފަރާތެއްވާނަމަ މިއަދު 13 މާރޗް 2018 ވަނަ ދުވަހުންފެށިގެން 5 ދުވަހުގެތެރޭގައި އެކަން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
‏26‏ ޖުމާދަލްއާޚިރާ‏ 1439
‏13‏ މާރޗް‏ 2018
ނަންބަރު: (IUL)311/311/2018/12