ނަންބަރު(IUL)311/311/2018/34
ތާރީޚް10 ޖުލައި 2018
ތާރީޚް ހ26 ޝައްވާލް 1439
މިރަށު ހުކުރުމިސްކިތުގެ މުދިމުކަން ކޮންޓްރެކްޓް ޢުޞޫލުން 18 ޖުލައި 2018 އިން 24 ޖުލައި 2018 އަށް 7 ދުވަހުގެ މުއްދަތަށް މުދިމްކަން ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ.
މަތީގައި ބަޔާންކުރެވުނު ފެންވަރުގެ މީހަކު ނުލިބިއްޖެނަމަ ބަންގިގޮވާ އިމާމުވެ ނަމާދުކުރެވޭފަދަ މީހުންނާއި ޙަވާލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތަކަށް އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 56 ރުފިޔާ އަދި މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 48 ރުފިޔާ ލިބޭނެއެވެ. ސަރުކާރުގެ މުވައްޒަފެއްނަމަ ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 17 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި އައިޑީކާޑް ފޮޓޯކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ތަޢުލީމީ ސެޓްފިކެޓް ނެތްނަމަވެސް އައިޑީކާޑްގެ ފޮޓޯކޮޕީއަކާއިއެކު ހުށަހެޅުއްވުން އެދެމެވެ.
