ނަންބަރު(IUL)311/311/2018/49
ތާރީޚް14 އޮކްޓޯބަރ 2018
ތާރީޚް ހ05 ޞަފަރު 1440
އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ފާހަގަކުރުމަށް ކޮށި މަގަށް އަރައިގެން ނެގިފައިވާ ތިރީގައި މިދަންނަވާ ގަސްތައް ނީލަންކިޔުން 20 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ނީލަމުގައި ހިފަން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް ދެންނެވީމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
