އޮންލައިން ހިދުމަތްތައް

ދަނޑުބިން ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން

10 ފެބްރުއަރީ 2019އިޢުލާން
ނަންބަރު(IUL)311/311/2019/11
ތާރީޚް08 ފެބުރުއަރީ 2019
ތާރީޚް ހ03 ޖުމާދުލްއާޚިރު 1440
ގުޅުންހުރި ފައިލްޕޮއިންޓް ލިބުނު ގޮތުގެ ޝީޓް

މިއަހަރު ދަނޑު ހެއްދުމަށް ދަނޑުބިމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދަނޑު ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ. މިއަހަރު ޢަމަލުކުރުމަށްހަމަޖެހިފައިވާއުޞޫލުގައިވާގޮތުގެމަތިން ދަނޑުބިންލިބޭނީ 70 ޕޮއިންޓުންފެށިގެންމަތިލިބިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 10 ފެބުރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. ދަނޑު ލިބުނު ފަރާތްތަކުގެމެދުގައި ބާއްވާ ގުރުއަތުނެގުން އޮންނާނެ ތާރީޚް ފަހުން އަންގާނޭވާހަކަދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.