އޮންލައިން ހިދުމަތްތައް

1440 ވަނަ އަހަރުގެ ފަޤީރުންނާއި، މިސްކީނުންގެ ލިސްޓް ނެގުމާއި ގުޅޭ

3 އޭޕްރީލް 2019އިޢުލާން
ނަންބަރު(IUL)311/311/2019/22
ތާރީޚް02 އޭޕްރީލް 2019
ތާރީޚް ހ26 ރަޖަބް 1440

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި، 2018 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ބޭނުންވާ ފަޤީރުންނާއި، މިސްކީނުންގެ ލިސްޓް ނެގުމަށް ހަމަޖެހިފައިވަނީ އެފަދަ ފަރާތްތަކަން ރަށު ކައުންސިލްގެ އިދާރާއިން ދޫކުރާ ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހަޅައިގެންނެވެ. އަދި ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

ވީމާ، ފަޤީރުންނާއި، މިސްކީނުންގެ ލިސްޓްގައި ނަންނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 03 އެޕްރީލް 2019 ވާ ބުދަ ދުވަހުން ފެށިގެން 28 އެޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި 1439 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓްގައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ވާން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.