އޮންލައިން ހިދުމަތްތައް

ފުޓްސަލް ދަނޑު އަޅާ ބިމުގައިހުރި ރުއްގަހުގެ މިލްކުވެރިކަމާއި ގުޅޭ

4 މޭ 2019އިޢުލާން
ނަންބަރު(IUL)311/311/2019/26
ތާރީޚް02 މެއި 2019
ތާރީޚް ހ27 ޝައުބާން 1440
ގުޅުންހުރި ފައިލްފުޓްސަލް ދަނޑު އަޅާ ބިމުގެ ޗާޓް

މިރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ދިގު 150 ފޫޓް، ފުޅާ 100 ފޫޓްގެ ބިމެއްވަނީ ކަނޑައެޅިފައެވެ. މިބިން އޮންނާނީ އުރީދޫ އެންޓަނާގެ އިރުމަތިން ބޯޅަ ދަނޑާއި ދެމެދުގައެވެ. މިބިން އެނގޭނެ ކުރެހުން މިއިޢުލާނާއިއެކު މިވަނީއެވެ.

ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގައި ވާނީ ދަވާދުން ފާހަގަ ޖަހާފައެވެ.

ވީމާ، އެބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 07 މެއި 2019 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އެންގެވުން އެދެމެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. އަދި ނުރަސްމީ ގަޑީގައި ގުޅުއްވާނަމަ 7994253، 9636619 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.