އޮންލައިން ހިދުމަތްތައް

އަތޮޅު ޤުރުއާން މުބާރާތަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

7 ޖުލައި 2019އިޢުލާން
ނަންބަރު(IUL)311/311/2019/39
ތާރީޚް04 ޖުލައި 2019
ތާރީޚް ހ02 ޛުލްޤައިދާ 1440

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އަތޮޅު ޤުރުއާން މުބާރާތް 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ޖުލައި 2019 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 15 ޖުލައި 2019 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މި މުބާރާތުގައި ނަން ނޯޓްކުރާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.