ނަންބަރު(IUL)311/311/2019/55
ތާރީޚް19 ސެޕްޓެމްބަރ 2019
ތާރީޚް ހ20 މުޙައްރަމް 1441
މިރަށުގައި މިހާރު އަޅަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަމުންދާއިރު އެމީހުންނާއިއެކު މަސައްކަތް ކުރުމަށްޓަކައި 12 މަސައްކަތު މީހުން ދުވާލު މުސާރައަށް ވަގުތީގޮތުން ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދު 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ 7994253 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ބަންދު ދުވަސްތަކުގައި ނަން ނޯޓް ކުރެއްވުމަށް 7994253، 7661632 ނަމްބަރ ފޯނާއި ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ.
