އޮންލައިން ހިދުމަތްތައް

ފައިނު ކައުންސިލް ވާރު ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2 ޑިސެމްބަރ 2019އިޢުލާން
ނަންބަރު(IUL)311/311/2019/64
ތާރީޚް02 ޑިސެމްބަރ 2019
ތާރީޚް ހ05 ރަބީޢުލްއާޚިރު 1441
ގުޅުންހުރި ފައިލްމުބާރާތުގެ ޤަވާއިދު

މިރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް މޮޅަށް ފުޓްސަލް ކުޅޭ ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި މިހިނގާ ޑިސެމްބަރ މަހުގެ ތެރޭގައި މިކައުންސިލްގެ ފަރާތުން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރ 2019ގައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ޑިސެމްބަރ 2019 ގެ 13:00 ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލުންނާއި މިކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުވެސް މިކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ