އޮންލައިން ހިދުމަތްތައް

ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހަވާލުކުރުމާއިގުޅޭ

23 ޑިސެމްބަރ 2019އިޢުލާން
ނަންބަރު(IUL)311/311/2019/66
ތާރީޚް23 ޑިސެމްބަރ 2019
ތާރީޚް ހ26 ރަބީޢުލްއާޚިރު 1441

މިރަށު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ހަމަވާތީ، 2020 ޑިސެމްބަރ 31 އަށް ރައްޔިތުންގެ ރުއްގަސް ކުއްޔަށް ޙަވާލުކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ރައްޔިތުންގެ ރުއްގަސް މިފަހަރު ޙަވާލުކުރުމަށް ހަމަޖެފައިވަނީ އަޙުމަދުފުޅުބެ ކޮށި މަގުގެ ހުޅަނގާއި އިރުމަތީގައި ހުރި ރުއްތަކާއި ބަނބުކެޔޮ ގަސްތައް ވަކިން ކަމަށްވާތީ، އަގު ހުށަހަޅާއިރު ކޮންމެ ބައެއްވެސް ވަކިން އަގު ހުށަހަޅަންވާނެއެވެ. ރައްޔިތުންގެ ރުއްތައް ކުއްޔަށް ޙަވާލުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށްބަލައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކަށް ޙަވާލުކުރުމަށް އިސްކަން ދެވޭނެއެވެ.

ވީމާ، ރައްޔިތުންގެ ރުއްތައް ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2019 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާގޮތަށް ކޮންމެ ބައެއްވެސް ވަކިވަކިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑުރެސް އަދި " ރުއްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ރައްޔިތުންގެ ރުއްތަކާއި، ބަނބުކެޔޮ ގަސްތައް އެންމެފަހުން ޙަވާލުކުރެވިފައިވާ ކުއްޔަކީ -/7500 ރުފިޔާ ( ހަތްހާސް ފަސްސަތޭކަ ) ރުފިޔާއެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަސްތައް

1. ރައްޔިތުން ރުއްތައް (އިރުމަތި، ހުޅަނގުކޮޅުގެ ރުއްތައްވަކިން)
2. ރައްޔިތުންގެ ބަނބުކެޔޮގަސްތައް (އިރުމަތި، ހުޅަނގުކޮޅު ވަކިން)

ހުށަހަޅަންޖެހޭ ތަކެއްޗާއި، ދޫކުރުމުގައި ބަލާނެ ކަންކަން

1. ރުއްގަސް ޙަވާލުވުމަށް ހުށަހަޅުއްވާ ކުލި. (ކޮންމެބައެއްވެސް ވަކިން)
2. ރުއްގަސް ދިރުވާ އާލާކުރުމަށް ކުރައްވާނޭ މަސައްކަތުގެ ތަފްޞީލް.
3. ރުކާއި ގަސްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރަކާއި ކުރާނޭ ފައިދާ.

ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

• ކުއްޔަށް %60
• ރުއްތަކާއި، ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް %25
• ރުއްތަކާއި، ބަނބުކެޔޮ ގަސްތަކުން ލިބޭތަކެތި ބޭނުންކުރެއްވުމުގައި ރައްޔިތުންނަށް އިސްކަންދެއްވާނޭ މިންވަރު %15