އޮންލައިން ހިދުމަތްތައް

ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތާއި ގުޅޭ

3 މާރޗް 2020އިޢުލާން
ނަންބަރު(IUL)311/311/2020/23
ތާރީޚް03 މާރޗް 2020
ތާރީޚް ހ09 ރަޖަބް 1441

ލޯކަލްކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން 04 މާރިޗް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ކެނޑިޑޭޓުންގެ ބަދަލުގައި މީހަކު ގުރުއަތު ނެގުމަށް ހާޟިރުވާނަމަ، އެހާޒިރުވާ މީހަކު ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ކެނޑިޑޭޓުގެ ސިޓީގައި ބަދަލުގައި ފޮނުވާ މީހާގެ ނަމާއި، އެޑްރެސް އަދި އައިޑީކާޑް ނަމްބަރ އޮންނަންވާނެއެވެ. އަދި ބަދަލުގައި އަންނަމީހާގެ އައިޑީކާޑްގެ އަސްލު އޮންނަންވާނެއެވެ. ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ކުރިން ކެނޑިޑޭޓް ނުވަތަ ކެނޑިޑޭޓްގެ ބަދަލުގައި މީހަކު ހަމަޖެއްސިކަމުގެ ލިޔުމާއިއެކު ހާޟިރުނުވާނަމަ، ކެނޑިޑޭޓްގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކުޝަންސް ކޮމިޝަނުން އެތަނަކަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓެވެ.

ގުރުއަތުނަގާއިރު ޖަލްސާކުރާމާލަމުގައި ޖާގައޮތް މިންވަރަކުން އާއްމުންނަށް ބައިވެރިވެރިވުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.