ނަންބަރު(IUL)311/311/2020/35
ތާރީޚް16 ޖޫން 2020
ތާރީޚް ހ25 ޝައްވާލް 1441
ކޮވިޑް19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިސާދީ ދަތި ހާލަތާއި ގުޅިގެން، ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދަނޑު ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.
ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 18 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ދަނޑު ލިބުނު ފަރާތްތަކުގެމެދުގައި ބާއްވާ ގުރުއަތުނެގުން އޮންނާނެ ތާރީޚް ފަހުން އަންގާނޭ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
