ބައެއް ފަރާތްތަކުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި، އައިލެންޑް ޕިކަޕް ރަޖިސްޓްރީނުކޮށް ލައިސަންސްނެތި ދުއްވަމުންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އެއްގަމު ދަތުރުފަތުގެ ޤާނޫނު ނަމްބަރ 5/2009 ގައިވާ ގޮތުގެމަތިން އެއްގަމުގައި ދުއްވާ އެއްޗެތި ރަޖިސްޓްރީ ނުކޮށް ދުއްވުމާއި، ލައިސަންސްނެތި އެފަދަ ތަކެތި ދުއްވުމާއި، ދެފުރޮޅުލީ އުޅަނދުފަހަރަށް 2 މީހުނަށްވުރެ ގިނައިން މީހުން އަރުވައިގެން ދުއްވުމަކީ މަނާކަމެވެ. އަދި މިފަދަ ތަކެތި ޤަވާއިދާއި ޚިލާފަށް ދުއްވުމަކީ ބޮޑެތި ޖޫރިމަނާތައްވެސް ކަނޑައެޅިފައިވާކަމެކެވެ.
ވީމާ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބައްލަވައިގެން އުޅަނދު ފަހަރު ދުއްވުމަށާއި، ޤަވާޢިދާއިއެއްގޮތަށް ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެންނޫނީ ނުދުއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
