ނަންބަރު(IUL)311/311/2020/76
ތާރީޚް9 ނޮވެމްބަރ 2020
ތާރީޚް ހ23 ރަބީޢުލްއައްވަލް 1442
ކޮވިޑް19 އާއި ގުޅިގެން މާލެ ސިޓީން ރަށްރަށަށް އަންނަ މީހުން ގޭގައި ކަރަންޓީންވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން މިރަށަށް 5 މީހަކު މިއަދު (09 ނޮވެމްބަރ 2020) ގައި ދަތުރުކޮށްފައިވެއެވެ. މި ފަރާތްތައް ކަރަންޓީން ވެފައިވަނީ މިރަށު ޗަމަން އާއި ނަލަހިޔާ ގޭގައެވެ.
އެހެންކަމުން، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް (22 ނޮވެމްބަރ 2020 ގެ ނިޔަލަށް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން މިރަށު ޗަމަން އަދި ނަލަހިޔާގެއަށް އެޗް.ޕީ.އޭގެ އުޞޫލާއި ޚިލާފަށް އެއްވެސް މީހަކު ވަދެ ނިކުމެ އުޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
