އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 02 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތާއި ގުޅޭ

7 ޑިސެމްބަރ 2020އިޢުލާން
ނަންބަރު(IUL)311/311/2020/83
ތާރީޚް07 ޑިސެންބަރު 2020
ތާރީޚް ހ22 ރަބީޢުލްއާޚިރު 1442
ގުޅުންހުރި ފައިލްމުބާރާތުގެ ޤަވާއިދު

މިރަށުގެ ރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބި ޖެހިފައިވާ އަދި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މިއަހަރުވެސް މިކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރ 2020 ވަނަ ދުވަހުއެވެ. މިމުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

ވީމާ، މިމުބާރާތުގައި ބައިވެވާން ބޭނުންފުޅުވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިންނާއި މިކައުންސިލްގެ ވެބްސައިޓް www.fainucouncil.gov.mv އިން ލިބެން ހުންނާނެއެވެ.