އޮންލައިން ހިދުމަތްތައް

މިލްކުވެރިކަން ސާބިތުކުރުން

3 ފެބްރުއަރީ 2021އިޢުލާން
ނަންބަރު(IUL)311/311/2021/11
ތާރީޚް2 ފެބްރުއަރީ 2021
ތާރީޚް ހ20 ޖުމާދުލްއާޙިރާ 1442

މިރަށު ކުލަބް ޔަންގްސްޓަރސް ޢިމާރާތުގެ އިރު އުތުރުގައި އޮތް ބިމުގެ އުތުރު މަގަށް އަރާގޮތަށްހުރި ރުއްގަހާއި، އިންޖީނުގޭގެ ހުޅަނގުން ކުލަބް ޔަންގުސްޓަރސްގެ އުތުރު އެ ސަރަޙައްދުގައިހުރި ރުއްގަހާއި، މިރަށު އައުސް ގޭގެ ހުޅަނގުން އޮތް ގޯޅިއާއި، ގޯތި ދޫކޮށްފައިވާ ސަރަޙައްދާއި ހަމައަށް ހުރި ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރައްވާ ފަރާތެއްވާނަމަ މިއަދު 02 ފެބުރުއަރީ 2021 ވަނަ ދުވަހުން ފެށިގެން 07 ފެބުރުއަރީ 2021 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.