އޮންލައިން ހިދުމަތްތައް

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

18 ފެބްރުއަރީ 2021އިޢުލާން
ތާރީޚް18 ފެބްރުއަރީ 2021 ނަންބަރު:
ތާރީޚް ހ07 ރަޖަބް 1442

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ފެބުރުއަރީ 2021 އިން 21 މާރިޗު 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދިލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.