ނަންބަރު(IUL)311/311/2021/36
ތާރީޚް11 ޖުލައި 2021
ތާރީޚް ހ01 ޛުލްހިއްޖާ 1442
މިރަށުގެ އަލަށް އާބާދުވާ ސަރަހައްދު ތަކުގެ މަގުތަކާއި، ގޯޅިތައް ހެދުމަށްޓަކައި، މަގާއި، ގޯޅިތަކުގައި ހުރި ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރައްވާ ފަރާތެއް ވާނަމަ މިއަދު 11 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން 18 ޖުލައި 2021 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ރުއްގަސް ހުރި ސަރަޙައްދުތައް އެނގިވަޑައިގަންނަވާނޭ ކުލަޖެއްސިފައިވާ ޗާޓް މިއިޢުލާނާއިއެކު މިވަނީއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
