އޮންލައިން ހިދުމަތްތައް

މޮނިޓަރިން އުވާލުމާއި ގުޅިގެން ލުއިތަކެއް ދިނުން

16 ޖުލައި 2021އިޢުލާން
ނަންބަރު2021.03
ތާރީޚް16 ޖުލައި 2021
ތާރީޚް ހ06 ޛުލްހިއްޖާ 1442

15 ޖުލައި 2021 ގައި މިރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާތީ ވޭތުދެވިޔަ މޮނިޓަރިންގެ ދުވަސްތަކުގައި އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސް ތިރިގައިމިދަންނަވާ ކަންކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފީމެވެ.

1. އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކުގެ ހިދުމަތް ކުރިއަށް ގެންދިއުން.
2. އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ފުޓްސަލް ދަނޑު ބޭނުންކުރުމަށް އާންމުކޮށް ހުޅުވާލުން.

މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ހުރިހާ ވަގުތެއްގައިވެސް އެޗް.ޕީ.އޭގެ ގައިޑްލައިން އާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ. އެގޮތުން މާސްކް އެޅުމާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދެއްވުމަށްވެސް ދަންނަވަމެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީމަރުކަޒަށް ގުޅުއްވާ ޞިއްހީމަރުކަޒުން ދެއްވާ އިރުޝާދާއިއެއްގޮތަށް އަމަލުކުރެއްވުމަށްވެސް ދަންނަވަމެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމާއި އެހީތެރިކަމަށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.