ނަންބަރު(IUL)311/311/2021/46
ތާރީޚް15 އޯގަސްޓް 2021
ތާރީޚް ހ46 މުޙައްރަމް 1443
މިރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް މިރަށުގައި މަސައްކަތް ކުރައްވާ އެމްޓީސީސީގެ މުވައްޒަފުން ތިއްބެވުމަށްޓަކައި މަދުވެގެން 03 ކޮޓަރި، 03 ފާހާނާ، ސިޓިންރޫމް އަދި ބަދިގެ ހިމެނޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، އެފަދަ ތަނެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން، 19 އޯގަސްޓް 2021 ގެ 13:00 އަށް މިއިދާރާއަށް ދުރުވެ، އަގު ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިކަމަށް އެދޭ ފޯމް މިއިދާރާއިންނާއި މި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ފޯމްގައި ހިމެނިފައި ހުންނާނެއެވެ.
