ނަންބަރު(IUL)311/311/2021/68
ތާރީޚް17 ނޮވެމްބަރ 2021
ތާރީޚް ހ13 ރަބީޢުލްއާޚިރު 1442
މިރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް މޮޅަށް ފުޓްސަލް ކުޅޭ ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި މިކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް "ފައިނު ކައުންސިލް ވާރު ފުޓްސަލް ޗެލެންޖް 2021" މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރ 2021 ވަނަ ދުވަހުއެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން 08 ޑިސެމްބަރ 2021 ގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލުންނާއި މިކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މިކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
