އޮންލައިން ހިދުމަތްތައް

ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ - 2

30 ޑިސެމްބަރ 2021އިޢުލާން
ނަންބަރު(IUL)311/311/2021/97
ތާރީޚް30 ޑިސެންބަރު 2021
ތާރީޚް ހ26 ޖުމާދުލްއޫލާ 1443

ކުނިއުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ތަންތަނުން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުދަ މިދެދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު (IUL)311/311/2021/88 (22 ޑިސެންބަރު 2021) ގެ އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 2 ވަނަ އިޢުލާނެވެ.

އިސްވެ ދެންނެވުނު 2 ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ކުނި އުކާލުމުގެ މަސައްކަތުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 3 ގަޑިއިރެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި އިތުރު ވަގުތު ހިނގައިފިނަމަ އިތުރަށް ހިނގި ވަގުތަށްވާ ފައިސާ ދެވޭނެއެވެ. ޕިކަޕަށް ކުނި އެރުވުމާއި ކުނި ކޮށްޓަށް ކުނިތައް ބޭލުމުގެ މަސައްކަތް ކުރާނީ އެކަމަށް ހަމަޖެއްސިފައިވާ މުވައްޒަފުންނެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 05 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.