އޮންލައިން ހިދުމަތްތައް

ބިދޭސީންގެ ދަފްތަރު އަދާހަމަ ކުރުމާއި ގުޅޭ

26 ޖެނުއަރީ 2022އިޢުލާން
ނަންބަރު(IUL)311/311/2022/7
ތާރީޚް24 ޖަނަވަރީ 2022
ތާރީޚް ހ21 ޖުމާދުލްއާހިރު 1443

މިއިދާރާގައި އޮންނަ ބިދޭސީންގެ ދަފުތަރު އަދާހަމަކުރުމަށްޓަކައި މިރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު މިއިދާރާއަށް ގެނެސްދިނުމަށް އާއްމުކޮށް އިއުލާނުކުރެވި އަދި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކަށް އެމަޢުލޫމާތު ހުށަހެޅުމަށް މީގެ ކުރިން ވާނީ އެންގިފައެވެ.

ނަމަވެސް ބިދޭސީންގެ މަޢުލޫމާތު ތައް މިއިދާރާއަށް ގެނެސްދީފައިވަނީ ވަރަށް މަދު ފަރާތަކުން ކަމަށްވާތީ، ބިދޭސީންގެ ދަފުތަރު އަދާ ހަމަކުރުމަށްޓަކައި ތިރީގައިމިވާ މަޢުލޫމާތު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި މުއްދަތުގެ ތެރޭގައި ބިދޭސީންގެ މަޢުލޫމާތު ހުށަނާޅުއްވާ ފަރާތްތަކަކީ ކޮބައިތޯ ބަލާ ޤަވާޢިދާ ހިލާފަށް ބިދޭސީން ގެންގުޅުއްވާ ނަމަ އެފަރާތްތަކުގެ މަޢުލޫމާތު ނަގާ ކަމާއިބެހޭ އިދާރާއަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ.

ވޯކް ވިސާ ކާޑް ގެ ކޮޕީ:

· ޕާސްޕޯޓްގެ ކޮޕީ:

· ބިދޭސީން ގެއްގުޅޭ ފަރާތުގެ މަޢުލޫމާތު

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.