ނަންބަރު(IUL)311/311/2022/39
ތާރީޚް23 އޯގަސްޓް 2022
ތާރީޚް ހ25 މުޙައްރަމް 1443
ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން މިއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން 10 ސެޕްޓެމްބަރ 2022 ވަނަ ދުވަހު، ރ. އަނގޮޅިތީމްގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި ހުރިހާ ފަރާތްތަކަށްވެސް (ކުލަބު، ޖަމުއިއްޔާ އަދި ރަށުގެ އިދާރާތަކަށް) ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިމައުރަޒަށް ހުށަހެޅޭ ބާވަތްތަކަކީ އުކާލެވޭތަކެތިން އުފައްދާ ތަކެތި، ކާބޯތަކެތި (އަވަހަށް ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް)، ފައިބަރ އަދި ލަކުޑިން ހަދާފައިހުންނަ ތަކެއްޗެވެ.
ވީމާ، މިމައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުފެއްދުންތައް ތައްޔާރުކޮށް 05 ސެޕްޓެމްބަރ 2022ވާ ހޯމަ ދުވަހުގެ 12:00ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
