އޮންލައިން ހިދުމަތްތައް

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

31 އޯގަސްޓް 2022އިޢުލާން
ނަންބަރު(IUL)311/311/2022/41
ތާރީޚް31 އޮގަސްޓް 2022
ތާރީޚް ހ04 ޞަފަރު 1444
ގުޅުންހުރި ފައިލްއިސްލާހު ކުރި އުސޫލު

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވިފައިވާ 4 ދަނޑުބިމުގެ އިތުރުން ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 8 ދަނޑުބިން، ޖުމުލަ 12 ދަނޑުބިން ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ދަނޑުބިމުގެ ބޮޑުމިނަކީ 10،000 އަކަފޫޓެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވީމާ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދަނޑުބިމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.