އޮންލައިން ހިދުމަތްތައް

ވޭޖު އުޞޫލުން މިސްކިތު މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތް ހޯދުން

12 އޮކްޓޯބަރ 2022
ނަންބަރު(IUL)311/311/2022/59
ތާރީޚް11 އޮކްޓޯބަރ 2022
ތާރީޚް ހ16 ރަބީޢުލްއައްވަލް 1444

މިރަށު ހުކުރު މިސްކިތުގެ މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި މަސައްކަތު މީހުންގެ މަސައްކަތް އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން މަސައްކަތައް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 45 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް މަތީގައިވާ ގޮތަށެވެ.

ވީމާ، މިކަމަށް އެދޭފަރާތްތަކުން 18 އޮކްޓޯބަރ 2022 އަންގާރަ ދުވަހުގެ 13:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.