އޮންލައިން ހިދުމަތްތައް

ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 އިޢުލާނުގައި ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން

18 އޮކްޓޯބަރ 2022އިޢުލާން
ނަންބަރު(IUL)311/311/2022/58
ތާރީޚް06 އޮކްޓޯބަރ 2022
ތާރީޚް ހ11 ރަބީޢުލްއައްވަލް 1444
ގުޅުންހުރި ފައިލްގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް

ދިރިއުޅުމަށްޓަކައި މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 އިޢުލާނާއިއެކު އާއްމުކުރެވިފައިވާ އުޞޫލުގައި ލިޔުމުގެ ކުށެއް އިނުމާއިއެކު، އުޞޫލު އަލުން އާއްމުކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން 27 އޮކްޓޯބަރ 2022ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯރމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.fainucouncil.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މިއިޢުލާނާއިއެކު ތިރީގައިވާ ލިޔުންތަކުގެ ލިންކް/ކޮޕީ ހިމެނިފައިވާނެއެވެ.
1. "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު"
2. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
3. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.