އޮންލައިން ހިދުމަތްތައް

ރަށުގެ މަގުތަކާއި ގޯޅިތައް ޗެކުކުރުމާއި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއިގުޅޭ

20 ނޮވެމްބަރ 2022
ނަންބަރު(IUL)311/311/2022/69
ތާރީޚް20 ނޮވެމްބަރު 2022
ތާރީޚް ހ26 ރަބީޢުލްއާޚިރު 1444
ގުޅުންހުރި ފައިލްއިޢުލާންގެ ކޮޕީ

ރަށުގެ މީހުންދިރިއުޅޭ ސަރަޙައްދުގައި ހުރި ގޯތިތަކާއި އިންވެގެން ހުންނަ މަގާއި ގޯޅިތަކުގައި، ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، ދުއްވާ އެއްޗެއްސަށް އުނދަގޫވާގޮތަށް ހުރި ތަންތަން ބަލާ ޗެކްކުރުމަށާއި، މިރަށުގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު ބެލުމަށާއި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް، 22 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުން ފެށިގެން 24 ނޮވެމްބަރ 2022ގެ ނިޔަލަށް މިއިދާރާގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހައި ބޭފުޅުން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.