އޮންލައިން ހިދުމަތްތައް

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

19 ޑިސެމްބަރ 2022އިޢުލާން
ނަންބަރު(IUL)311/311/2022/75
ތާރީޚް18 ޑިސެންަބަރު 2022
ތާރީޚް ހ22 ޖުމާދުލްއޫލާ 1444

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދިލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.