މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ވެބްސައިޓް ނުވަތަ ގެޒެޓުން ފޯމް ނެންގެވުމަށްފަހު fainuoffice@gmail.com އަށް އީމެއިލް ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
| އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު | |
| ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. | 02 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް |
| ބީލަން ބަލައިގަތުން. | 05 ޖަނަވަރީ 2023 ދުވަހުގެ 11.00 ގެ ނިޔަލަށް. |
| ބީލަންތައް ހުޅުވުން. | 05 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. އަންދާޒީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
