އޮންލައިން ހިދުމަތްތައް

ގޯތިންބޭރުގައި ރުއްގަސްއިންދުމާއިގުޅޭ

29 ޖެނުއަރީ 2023އިޢުލާން
ނަންބަރު(IUL)311/311/2023/11
ތާރީޚް29 ޖަނަވަރީ 2023
ތާރީޚް ހ05 ރަޖަބް 1444

މިހާރަކަށްއައިސް ރަށުގެ އާންމު އެކި ސަރަހައްދުތަކުގައާއި އަލަށް ހެދުނު މަގުގެ ދެކުނުފަޅީގައި އަމިއްލަ ފަރާތްތަކުން ރުއްގަސް އިންދަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ގޯތިން ބޭރުގައި ރުއްގަސް އިންދަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

ވީމާ، މި އިދާރާގެ ހުއްދަނެތި އެއްވެސްތަނެއްގައި އެއްވެސް ފަރާތަކުން ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ހަދުމަފުޅުކޮށް އަރުވަމެވެ. އަދި މިހާރު އެގޮތަށް ހުރި ތަކެތި، އިންދި ފަރާތަކުން ލަސްނުކޮށް ނެގުމަށް ދަންނަވަމެވެ. އަދި އެތަކެތި ނުނަގާނަމަ ޤަވާއިދުން ފިޔަވަޅު އެޅެމުންދާނެ ވާހަކަ ދަންނަވަމެވެ.

މިފަދަ ކަންކަން ހުއްޓުވޭނީ އެންމެހާ ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ލިބިގެން ކަމަށްވާތީ އެފަދަކަމެއް ކުރާކަން އެނގިއްޖެނަމަ އެފަރާތަކުން އެކަން މި ކައުންސިލާއި ހިއްސާ ކުރަމުން ގެންދިޔުން އެދެމެވެ.