އޮންލައިން ހިދުމަތްތައް

ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޒަކު ހޯދުން

23 ޖެނުއަރީ 2023އިޢުލާން
ނަންބަރު(IUL)311/311/2023/8
ތާރީޚް23 ޖަނަވަރީ 2023
ތާރީޚް ހ2 ރަޖަބް 1444

1444 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 29 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ ނުވަތަ ފޯނުންނަމަ ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ fainuoffice@gmail.com އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގަށް %90 އަދި ތަޖުރިބާއަށް %10 އެވެ.