ނަންބަރު(IUL)311/311/2023/79
ތާރީޚް16 އޯގަސްޓް 2023
ތާރީޚް ހ30 މުޙައްރަމް 1445
މި ރަށުގައި އަލަށް ހެދުނު ދެކުނު މަގާއި ގަބުރުސްތާނު ނޮޅައި ސާފުކޮށް، ކުނިތައް އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)311/311/2023/77 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޯގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކޮށްދެވޭނެ އަގު ދެތަނަށް ހުށަހަޅާ އަގު ވަކިން އެނގޭގޮތަށް ހިމެނުމާއިއެކު މަސައްކަތް ނިންމޭނެ ތާރީޚެއް ހިމަނުއްވަން ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7936619 އާއި ގުޅުއްވުން އެދެމެވެ.
