އޮންލައިން ހިދުމަތްތައް

ކައުންސިލް ބްރޭންޑް ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

3 މާރޗް 2024އިޢުލާން
ނަންބަރު(IUL)311/311/2024/12
ތާރީޚް08 ފެބްރުއަަރީ 2024
ތާރީޚް ހ18 ޝައުބާން 1445
ގުޅުންހުރި ފައިލްބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލް ބްރޭންޑް ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ procurement@fainu.gov.mvއީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްއާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ރަޖިސްޓްރީކުރުން.
05 މާރޗް 2024 ގެ 11:00 ނިޔަލަށް

ޕްރޮޕޯސަލްއާއި އަގު ހުށަހެޅުން އަދި ކެނޑުން
13 މާރޗް 2024 ގެ 11:00 ގެ ނިޔަލަށް

ޕްރެޒެންޓޭޝަން
13 މާރޗް 2024 ގެ 11:30 ގައި ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ނުވަތަ އޮންލައިންކޮށް

ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.