އޮންލައިން ހިދުމަތްތައް

ބަނދަރުމަތީ މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ - 2

23 ޖުލައި 2024އިޢުލާން
ނަންބަރު(IUL)311/311/2024/30
ތާރީޚް22 ޖުލައި 2024
ތާރީޚް ހ16 މުޙައްރަމް 1445
ގުޅުންހުރި ފައިލްބިޑް ރަޖިސްޓްރޭޝަން ފޯމް

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް މި ރަށު ބަނދަރުމަތީ މޮނިއުމަންޓެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު: (IUL)311/311/2024/23 (30 ޖޫން 2024) އިޢުލާނާއި ގުޅިގެން އެދެވޭ ހުށައެޅުމެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އެފުރުޞަތު އަލުން ހުޅުވާލަމެވެ. މީ މިކަމަށް ކުރެވޭ 2 ވަނަ އިޢުލާނެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 31 ޖުލައި 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 08 އޯގަސްޓް 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.

• ބީލަންތައް ހުޅުވުން: 08 އޯގަސްޓް 2024 ގެ 13:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.