ނަންބަރު(IUL)311/311/2025/06
ތާރީޚް10 ފެބްރުއަރީ 2025
ތާރީޚް ހ12 ޝައުބާން 1446
ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުން ބަނދަރަށް ވެލި އެޅިފައިވާ ސަރަހައްދުން ވިޔަފާރި އުސޫލުން ވެލި ނެގުމުގެ ފުރުސަތު 10 ފެބްރުއަރީ 2025 އިން 09 މާރޗު 2025 އަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވެލި ދޫކުރުމަގައި ވިޔަފާރި ބޭނުމަށް ވެލި ދޫކުރެވޭނީ ގޯންޏަކަށް 03 (ތިނެއް) ރުފިޔާއަށެވެ. އަދި އާންމު ބޭނުމަށް ވެލި ދޫކުރެވޭނީ ގޯންޏަކަށް 01 (އެކެއް) ރުފިޔާއަށެވެ.
ވީމާ، ވެލި ގަތުމަށް ބޭނުންވާ ފަރާތްތަކުން ވެލި ދޫކުރުމަށްއެދި މިއިދާރާއަށް ހުށައެޅުންވުން އެދެމެވެ. މިކަމަށް އެދި ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓު މެދުވަރިކޮށް ހުށައެޅެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
