ނަންބަރު(IUL)311/311/2025/49
ތާރީޚް12 ނިވެންބަރު 2025
ތާރީޚް ހ22 ޖުމާދުލްއޫލާ 1447
މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައި މިއިދާރާއިން ކުރި އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ފޯމުލީ ފަރާތްތަކުގެ ތެރެއިން ދަނޑުބިން ދޫކުރުމަށް މިއިދާރާއިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ޝަރުތު ހަމަވެފައިވަނީ 55 ފަރާތަކުން ކަމަށްވާތީ، އިތުރު 5 ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރާ 5 ދަނޑުބިމަށް ކުރިމަތިލާ ފަރާތްތަކަށް ދަނޑުދޫކުރުމުގެ އުސޫލުން ޕޮއިންޓް ދިނުމަށްފަހު، 60 ޕޮއިންޓް ހަމަނުވި ކަމުގައިވިޔަސް އެންމެ މަތިން ޕޮއިންޓް ލިބޭ 5 ފަރާތަށް ދަނޑު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 16 ނޮވެމްބަރ 2025 ވާ އާދިއްތަދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ. އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html ޒިޔާރަތް ކުރެއްވުން އެދެމެވެ. އޮންލައިންކޮށް ފޯމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނައުޝާދު ޢަބްދުއްރައްޒާޤް 7659250 އަށް ގުޅުއްވައި ފޯމް ލިބުނުކަން ކަށަވަރު ކުރެއްވުން އެދެމެވެ
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.