އޮންލައިން ހިދުމަތްތައް

ސިޓީތަކާއި އިދާރީ ދާއިތާތަކާ ބެހޭ މިނިސްޓްރީން އެކުލަވާލާ ޕްރޮޖެކްޓް ކޮމެޓީއަށް ނަން ހުށަހެޅުމުގެ ފުރުސަތު

9 ޑިސެމްބަރ 2025އިޢުލާން
ނަންބަރު(IUL)311/311/2025/57
ތާރީޚް09 ޑިސެންބަރު 2025
ގުޅުންހުރި ފައިލްކޮމެޓީ އެކުލަވާލުމުގެ އުސޫލު

ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން މި ރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮމެޓީގައި އާންމުންގެ ފަރާތުން ހިމެނުމަށް ހަމަޖެހިފައިވާ މެންބަރުންގެ ގޮތުގައި ކޮމެޓީއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

އާންމުންގެ ތެރެއިން ކޮމެޓީގައި ހިމެނުމުގެ ފުރުސަތު އޮތް ދާއިރާތައް:
1. އާންމު ރައްޔިތުންގެ ތެރެއިން މެންބަރެއް
2. ކުލަބް ޖަމިއްޔާތަކުން މެންބަރެއް
3. އިސްރަށްވެހިންގެ ތެރެއިން މެންބަރެއް
4. ޒުވާނުންގެ ތެރެއިން މެންބަރެއް
ވީމާ، މި ދާއިރާތަކުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކުން 14 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާ އެކު ކޮމެޓީއާ ގުޅޭ އުސޫލު އާންމުކުރެވިފައިވާނެއެވެ.

އޮންލައިން ލިންކް:
https://portal.fainu.gov.mv