އޮންލައިން ހިދުމަތްތައް

ރަށުގެ އިޖުތިމާއީ ސަރަހައްދުގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

5 ޖެނުއަރީ 2026އިޢުލާން
ނަންބަރު(IUL)311/311/2026/01
ތާރީޚް05 ޖެނުއަރީ 2026
ގުޅުންހުރި ފައިލްބިޑް ރަޖިސްޓްރޭޝަން ފޯމް

ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކުރުމުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު 31 ޑިސެމްބަރ 2025ގެ ނިޔަލަށް ހަމަވެފައިވާތީ 01 ޖަނަވަރީ 2026 އިން 31 ޑިސެމްބަރ 2026ގެ ނިޔަލަށް މި ރަށުގެ ތިރީގައިވާ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި ނަންބަރު (IUL)311/311/2025/59 އިއުލާނާ ގުޅިގެން ލިބިފައިވަނީ ބައެއް ސަރަހައްދުތަކަށްކަމަށްވާތީއާ ބައެއް ހުށަހެޅުންތައް އެންމެ އެކަށީގެންނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ސާތިރުމަގު (ކުލަބްޔަންގްސްޓަރސް އިމާރާތުން އިން ފެށިގެން އިރަށް)

ފިނިފެންމަގު (ޔުނިކް ގެއިން ފެށިގެން އިރަށް)

އަޙްމަދީ މަގު (ސިލްވަރގޭގެ ކައިރީ ހުޅަނގަށް އޮންނަ ސަރުކާރު ބިމުގެ އިރުމަތިފަޅިން އެއްބައި އަދި އެހިސާބުން ފެށިގެން ދެކުނަށް އަޙްމަދީމަގު، އަދި ގަބުރުސްތާނު އިރުމާތީ މަގާއި ދެކުނު މަގު ހިމެނޭގޮތަށް)

ނިކަގަސް މަގު

ހިތްފަސޭހަ މަގު (ސަރުކާރު ބޭނުމަށް ބާއްވާފައިވާ ބިމުގެ އުތުރުއަދި ހުޅަނގުފަޅިން އެއްބައި، އަދި ކުރީގެ ފެނަކަ އިންޖީނުގެ ދެކުނު ފަޅީގެ މަގަށްވީ ބައި، ސްކޫލާއި ކުރީގެ ފެނަކަ އާއި ދެމެދު އޮންނަ ގޯޅިއަދި އިންޖީނުގެއާއި ސަލަފްގޭ ގޯޅީގެ އެއްބައި)

މާނެރު ބީޗް

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 08 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް

މައުލޫމާތު ދިނުމުގެ ބައްދަލުވުން: 08 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގައި ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ބަލައިގަތުން: 12 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން: 12 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް procurement@fainu.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.