ނަންބަރު(IUL)311/311/2026/3
ތާރީޚް05 ޖެނުއަރީ 2026
މި ރަށު މަސްޖިދުލް ފަލާޙްގެ ގޯތިތެރޭ އަތުރާފައިވާ ގާތަކުގެ ކުލަ އާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ ތެރެއިން މިސްކިތު ގޯތިތެރޭ ޖަހާފައިވާ ހުރިހާ ގަލެއްގައި މި ކައުންސިލުން ކުލަ ފޯރުކޮށްދިނުމުން ކުލަލައި ނިންމަންވާނެއެވެ. އަދި ކުލަ ފިޔަވާ ދެން މިކަމަށް ބޭނުންވާ ތަކެތި ހޯދުމަކީ މަސައްކަތް ކުރުމަށް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 8 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާއިރު މަސައްކަތުގެ އަގާއި މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ލިޔުއްވަންވާނެއެވެ. މި މަސައްކަތް ކުރުމަށްއެދި ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި/ކުންފުނިތަކަށެވެ.
