ނަންބަރު(IUL)311/311/2026/12
ތާރީޚް16 ފެބްރުއަރީ 2025
ތާރީޚް ހ29 ޝައުބާން 1447
ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުން ބަނދަރަށް ވެލި އެޅިފައިވާ ސަރަހައްދުން ވިޔަފާރި އުސޫލުން ވެލި ނެގުމުގެ ފުރުސަތު 17 ފެބްރުއަރީ 2026 އިން 16 މާރޗް 2026 އަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވެލި ދޫކުރުމަގައި ވިޔަފާރި ބޭނުމަށް ވެލި ދޫކުރެވޭނީ ގޯންޏަކަށް 03 (ތިނެއް) ރުފިޔާއަށެވެ. އަދި އާންމު ބޭނުމަށް ވެލި ދޫކުރެވޭނީ ގޯންޏަކަށް 01 (އެކެއް) ރުފިޔާއަށެވެ. .
ވީމާ، ވެލި ގަތުމަށް ބޭނުންވާ ފަރާތްތަކުން ވެލި ދޫކުރުމަށްއެދި މިއިދާރާއަށް ހުށައެޅުންވުން އެދެމެވެ. މިކަމަށް އެދި ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓު މެދުވަރިކޮށް ހުށައެޅެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
