އޮންލައިން ހިދުމަތްތައް

ފައިނު ކައުންސިލްގެ 5 ވަނަ ދައުރުގެ މެންބަރުން ހުވާކުރައްވައިފި

ފައިނު ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ފައިނު ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ދަރުބާރުގައި މެންބަރުންނަށް ހުވާ ލައިދެއްވީ ރ. ފައިނު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލްއުސްތާޛު އިބްރާހީމް ޒާހިރެވެ.

ފައިނު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ވެސްވަނީ މިއަދު ބޭފުޅަކު އިންތިހާބު ކުރައްވާފައެވެ. އެގޮތުން ނައިބު ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ ކައުންސިލަރ ޢަބްދުއްރައޫފް ޢަބްދުއްރަޙްމާނެވެ.