އޮންލައިން ހިދުމަތްތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ޖުލައިމަހުގެ ބައްދަލުވުމުގެ ދައުވަތު

22 ޖުލައި 2026އިޢުލާން
ނަންބަރު(IUL)311/311/2026/32
ތާރީޚް22 ޖުލައި 2026
ތާރީޚް ހ07 ޞަފަރު 1448
ގުޅުންހުރި ފައިލް2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުމަށް ބާއްވާ ޖުލައި މަހުގެ ބައްދަލުވުން 31 ޖުލައި 2026ވާ ހުކުރުދުވަހުގެ ރޭގަނޑު 8:45ގައި ދަތުރުވެރިންގެ ހިޔާގައި އޮންނާނެއެވެ.

ޖަލްސާގެ އެޖެންޑާ:
o 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުން
o ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ވީމާ، މިބައްދަލުވުމުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެދެއްވުން އެދެމެވެ.

މިކައުންސިލްގެ 2027ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.