ނަންބަރު(IUL)311/311/2026/49
ތާރީޚް14 އޮކްޓޫބަރު 2026
3 (ތިނެއް) އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2026/46 އިޢުލާނާއިގުޅިގެން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ޕޮއިންޓް ލިބުނުގޮތުގެ ޝީޓާއި، ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.
ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 19 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
