ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް އަޙްމަދު ރަމީރު (ސާމީހިޔާ ރ. ފައިނު) އާއެކު 31 ޖުލައި 2023 ގައި ސޮއިކުރި ނަންބަރު (AGR)311/INDIV/2023/17 އެއްބަސްވުން 17 ޑިސެންބަރު 2023 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، އެ ތާރީހަކީ އެއްބަސްވުމުގެ ގްރޭސްޕީރިއަޑް ތެރޭގައި ހިމޭނޭ މުއްދަތެއް ކަމުން އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ)ގެ (4) ގައި ބަޔާންކޮށްފައިވާގޮތުން ކުލި ދައްކަންޖެހޭތީ، ކުލީގެ ގޮތުގައި (01 އޮގަސްޓް 2023 ން 17 ޑިސެންބަރު 2023 އަށް) ދައްކަންޖެހޭ 20,550.00 (ވިހިހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ މާފުކޮށްދެއްވެން ނެތް ކަމަށާއި، ނަމަވެސް ދެ ފަރާތުން ވާހަކަ ދެކެވިފައިވާ ގޮތަށް އެފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން 30 (ތިރީސް) މަސް ދުވަހަށް ބަހާލައިގެން އެ ފައިސާ ދައްކާ ނިންމުމަށް ފުރުޞަތު ދިނުމަށް ނިންމުން.
