ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ތިރީގައި އެވާ ބާވަތްތަކުގެ ގަސްކާނާ 28 ނޮވެންބަރު 2026 ގެ ކުރިން މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ގެރިގުއި (25 ކިލޯގެ) 1350 ބަސްތާ
އެން.ޕީ.ކޭ 20.20.20 (2.5 ކިލޯގެ ޕެކެޓް) 135 ޕެކެޓް
ޔާރާމިލާ 12.11.18 (25 ކިލޯގެ) 37 ޕެކެޓް
ޔޫރިއާ (1 ކިލޯގެ ޕެކެޓް) 225 ޕެކެޓް
ޕޮޓޭސިއަމް (25 ކިލޯގެ ޕެކެޓް) 12 ޕެކެޓް
ބާސް (ނަންބަރު 8، 2 ކިލޯގެ) 255 ޕެކެޓް
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި އިއުލާނާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ތަކެތީގެ އާންމު ހުރިހާ މައުލޫމާތެއް މި އިއުލާނުގައި ހިމެނިފައިވާނެއެވެ. ނަމަވެސް، ފޯރުކޮށްދޭންޖެހޭ ތަކެތީގެ އަދަދަށް ބައެއް ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ. އިތުރު މައުލޫމާތު ބޭނުންވެއްޖެނަމަ 4000311 އަށް ގުޅުއްވައިގެން ހޯއްދެވޭނެއެވެ.
އިއުލާނާ ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 24 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
ބީލަން ބަލައިގަތުން: 25 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
ބީލަންތައް ހުޅުވުން: 25 ނޮވެމްބަރ 2026 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
