ތިރީގައިވާ ކަންކަމާއިމެދު ތިރީގައިވާ ފޯމް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވުން އެދެމެވެ. ޚިޔާލު ހުށަހެޅުއްވުމުގައި މުޅި ޕްލޭނަށް ބަދަލު އަންނަ ފަދަ ގިނަ އިސްލާޙްތަކެއް ހުށަހެޅުއްވުމުގެ ބަދަލުގައި، މިނިސްޓްރީން އިސްލާޙް ހުށަހަޅުއްވާފައިވާ ކަންކަމަށް ޙިޔާލު ހުށަހެޅުއްވުން އެދެމެވެ. މިހިޔާލުތަކާއިއެކު ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު އިސްލާާާާޙްތައް ފާސްކުރެވޭނީ ރައްޔިތުންގެ ބައްދަލުވުމަކުންނެވެ.
ލޭންޑްޔޫސް ޕްލޭނަށް މިނިސްޓްރީން ހުށަހަޅުއްވާފައިވާ އިސްލާޙްތައް: 1 ދިރިއުޅުމަށް ކުރިމަގުގައި ދޫކުރާ ގޯތިތަކުގެ ބްލޮކްތަކުގެ ކައިރީގައި ވިޔަފާރީގެ ބޭނުމަށް ހުސްބިން ބަހައްޓާފައިވުން އަދި ގްރީން އޭރިޔާތަކެއްގެ އިތުރުން އެކިއެކި އިންސްޓިޓިއުޝަންސްތައް ޢިމާރާތް ކުރުމަށް 22.1 ން 22.4 އަށް ފާހަގަކޮށް ބިން ހުސްކޮށް ބާއްވާފައިވުން
2. ކައުންސިލުން ހުށަހެޅި ޕްލޭންގައި، ކުރިން ބޭނުންކުރި ޕްރީ ސްކޫލް ، "ޕްރީ ސްކޫލް" މިނަމުގައި ފާހަގަ ކުރެވިފައި ނުވާތީ، ޕްރީ ސްކޫލެއް ޤާއިމް ކުރުމަށް، އަލަށް ގޯތި ދޫކުރާ ސަރަޙައްދުތަކުން ސަރަޙައްދެއްގައި 21.1 ގެ ޖައްސަވާ ބިމެއް ހިމަނުއްވާފައިވުން
3. އެކިއެކި ސިނާއީ ބޭނުންތަކަށް އަދި ގުދަން ފަދަ ތަންތަނަށް ބިން ކަނޑައެޅިފައި ނުވާތީ އެފަދަ ބިންތަކެއް ހިމަނައްވާފައިވުން.
4. ތިމާވެށި ރައްކާތެރިކުރާ ސަރަޙައްދެއްގެ ގޮތުގައި ރަށްވަށައިގެން އެންމެ ކުޑަވެގެން 20 މީޓަރުގެ ގަސްހެދިފައިވާ ބައެއް މީހުން ދިރިއުޅޭ ސަރަޙައްދާއި ގޮނޑުދޮށާއި ދެމެދު ބޭއްވުމާއި، ތިމާވެށި ރައްކާތެރި ކުރާ ސަރަޙައްދާއި މީހުން ދިރިއުޅޭ ސަރަޙައްދާއި ދެމެދު 6 މީޓަރުގެ މަގެއް ބޭއްވުން
5. ޕްލޭންގައި 35.1 ގޮތުގައި ފާހަގަ ކޮށްފައިވާ އައު އިންޖީނުގޭގެ ސަރަޙައްދުގައި ހުރި އިންސްޓިޓިއުޝަންތަކާއި އާންމު ޚިދުމަތް ދޭ ތަންތަނަށް ޒޯން ކުރެވިފައިވާ ބިންތައް ބަނދަރުގެ އިރު ދެކުނު ފަޅީގައިވާ ހުސްބިމަށް ބަދަލު ކޮށްފައިވުން.
6. ބަނދަރުގެ އިރުމަތީ ކޮޅުގައި ތެޔޮ ވިއްކުމަށް ޚާއްޞަ ބިން ބަނދަރުގެ ހުޅަނގުކޮޅަށް ޖައްސާފައިވުމާއި ހުޅަނގުކޮޅުގައިވާ ފެރީ ޓާމިނަލް ބަނދަރުގެ އިރުމައްޗަށް ބަދަލު ކުރައްވާފައިވުން
ގުޅުންހުރި ފައިލް:
ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ފޮނުވި ޕްލޭންޑައުންލޯޑް
ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އިން ފޮނުއްވި ޕްލޭންޑައުންލޯޑް
މަތީގައި އެޓޭޗްކުރެވިފައިވާ "ލޭންޑްޔޫސް އެންޑް ސާރވޭ އޮޓޯރިޓީން ފޮނުއްވި ޕްލޭން" ގައި ކުރިމަގުގައި ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް 2000 އަކަފޫޓަށް ބަދަލު ކުރައްވާފައި ވީނަމަވެސް، ރައްޔިތުންނާއި މިކައުންސިލްގެ އެދުމުގެ މަތިން މިހާރު އެ އޮތޯރިޓިންވަނީ ކުރިމަގުގައި ދޫކުރާ ގޯތިތައް 3000 އަކަފޫޓަށް ބަދަލުކުރުމުގެ ހުއްދަ ދެއްވާފެއެވެ.
ޙިޔާލު ހުށަހެޅުއްވުމަށް ތިރީގައިވާ ފޯމް ފުރިހަމަކުރައްވާ!
ފުރިހަމަ ނަމާއި އެޑްރެސް ފޯން ނަމްބަރ
ޚިޔާލު:
ފުރިހަމަ ނަމާއި އެޑްރެސް ފޯން ނަމްބަރ
ޚިޔާލު:
މަތީގައިވާ ޓެކްސްޓް ފީލްޑްގައި ގިނަ ހިޔާލުތަކެއް ލިޔުއްވަން އުނދަގޫނަމަ، ހިޔާލުތައް ލިޔުއްވާ މި ކައުންސިލްގެ އީމެއިލް fainuoffice@gmail.com އަށް މެއިލް ކޮށްދެއްވުން އެދެން
