އޮންލައިން ހިދުމަތްތައް

ފައިނު ޔޫތު ސެންޓަރު ޕްރޮޖެކްޓްގެ ޓައިމްލައިން

<!DOCTYPE html>

މަނިކް ކޮމްޕެނީއާއި މަޝްވަރާކުރުން

މިކަމާއި ގުޅޭގޮތުން މަނިކް ކޮމްޕެނީގެ އެމްޑީ ހުސެން އާދަމް މަނިކާއި ވަނީ މިއަދު މަޝްވަރާ ކުރެވިފައި. އަނގަބަހުން ކުރެވުނު މި މަޝްވަރާގައި އޭނާ ބުނެފައިވަނީ، މަސައްކަތް އަސްލު ފެށެން އަންނަނީ އެޑްވާންސް ފައިސާ ލިބިގެން ކަމަށެވެ. ނަމަވެސް އިތުރަށް މަޝްވަރާ ކުރާނެކަމަށް ވިދާޅުވި. ކައުންސިލުން ފަހީމް ބުނެފައިވަނީ، އެޑްވާންސް ފައިސާ ލިބޭތޯ މި މަހުގެ 15 އާއިހަމައަށް މަޑުކުރުމަށް އޯކޭތޯ ނޫންނަމަ އެޑްވާންސްފައިސާ ނުލިބެނީސް މަސައްކަތް ފެށުމަށް އޯކޭތޯ

އަމަލު ކުރާނެގޮތެއް ކައުންސިލްގައި ލަފައަކަށް އެދުން

ޔޫތު ސެންޓަރުގެ މަސައްކަތުގައި ދެން ކުރިއަށް ދާންވީގޮތެއް ސާފު ކުރުމަށް މިއަދު ވަނީ ކައުންސިލްގައި އެދެވިފައެވެ. ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު އެކަމަށް ޖަވާބެއް ދެއްވާނެކަމަށް ނައިބު ރައީސް ޙަސަން ވަހީދު ވިދާޅުވެފައި

ކޮންޓްރެކްޓަރުގެ ސިޓީއާއި ގުޅިގެން މައުލޫމާތު ސާފުކުރުން

ކޮންޓްރެކްޓަރުގެ ސިޓީއާއި ގުޅިގެން ސްޕޯޓްސް މިނިސްްޓްރީގެ ކަމާގުޅޭ މުވައްޒަފާއި ގުޅާ އެޑްވާންސް ފައިސާގެ މައުލޫމާތު މިއަދު ސާފުކުރެވުނެވެ. މިނިސްޓްރީން ވިދާޅުވީ، ސަޕްލަމެންޓްރީ ބަޖެޓްގެ ކަންކަން ހަމަނުޖެހޭތީ އެޑްވާންސް ފައިސާ ދޫކުރުން ލަސްވާ ކަމަށެވެ. އަދިވެސް ލަސްވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެކަން ކޮންޓްރެކްޓަރަށް އަންގައިދިނުމަށާއި ކޮންްޓްރެކްޓަރު ބޭނުންނަމަ މަސައްކަތް ފެށިދާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް، ގާނޫނުގައި އޮންނަނީ އެ ފައިސާ އެދުމުން ދޭންޖެހޭނެކަމަށްވާތީ އެކަން އެފަރާތުގެ ސަމާލުކަމަށް ގެނެސްގެން މަޝްވަރާ ކޮށްގެން ގެންދަން ވިދާޅުވިއެވެ. .

އެޑްވާންސް ފައިސާ ލިބުމާއި ބިން ހަވާލުކުރުން ލަސްވާކަން ކޮންޓްރެކްޓަރު އެންގުން

އެޑްވާންސް ފައިސާއަށް އެދުނު ނަމަވެސް އެ ފައިސާ ލިބިފައި އަދި ނުވާކަމަށާއި، އަދި ބިމުގައިހުރި ރުއްގަހުގެ ކަންކަން ނިންމާ އެކަން ކޮންޓްރެކްޓަރަށް އަންގާފައިނުވާތީ އެކަން އަވަސް ކޮށްދިނުމަށާއި މަސައްކަތް ފަށަންޖެހޭ މުއްދަތު ފަސްކޮށްދެއްވުމަށް ކޮންޓްރެކްޓަރ މިއަދުވަނީ ސިޓީއަކުން ކައުންސިލްގައި އެދިފައެވެ.

ރުއްގަހަށް ދައުވާ ކުރާ ފަރާތްތަކުގެ ބަޔާން ނެގުން

ރުއްގަހުގެ މިލްކުވެރިކަމަށް ދައުވާކޮށް ސިޓީލާފައިވާ ދެ ފަރާތް އިދާރާއަށް ގެނެސް ބަޔާން ނަގައި، ރުއްގަސް ނެގުމުގެ ކަންކަންކުރިއަށް ދާނެކަން ހިއްސާމިއަދު ވަނީ ކުރެވިފައެވެ.

އެޑްވާންސް ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހެޅުން

ކޮންޓްރެކްޓަރ އެޑްވާންސް ފައިސާއަށް އެދުމުން އެ ފައިސާ ދޫކޮށްދެއްވުމަށް އެދި ކައުންސިލުން މިއަދު ވަނީ ސިޓީއަކުން ޔޫތު މިނިސްޓްރީގައި އެދެވިފައެވެ.

އެޑްވާންސް ފައިސާއަށް އެދި ކޮންޓްރެކްޓަރު ހުށަހެޅުން

އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޑްވާންސް ފައިސާ ހޯދުމަށް މިއަދު ވަނީ ކޮންޓްރެކްޓަރު ހުށަހަޅުއްވާފައެވެ. އެގޮތުން، 733455.81 ރުފިޔާ ހޯދުމަށް ކޮންޓްރެކްޓަރު ވަނީ އެދިލައްވާފައެވެ.

ބިން ފާހަގަ ކުރުން

މި ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކުރާ ޔޫތު ސެންޓަރު އަޅާ ބިމުގައި ހުރި ރުއްގަސް ބަލައި މިން ޗެކް ކުރުމުގެ މަސައްކަތް މިއަދު ވަނީ ކުރެވިފައެވެ. އަދި ރުއްގަހުގެ މިލްކުވެރިކަން ސާބިތު ކުރުމުގެ މަސައްކަތް އިދާރީގޮތުން ފުރިހަމަ ކުރުމުގެ މަސައްކަތް ފެށުނެވެ.

އެއްބަސްވުމުގައި ސޮއި ކުރުން

ޔޫތު ސެންޓަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކުރެވިފައި. މި އެއްބަސްވުމުގެ އަގަކީ، 4889705.40 ރުފިޔާއެވެ. މި އެއްބަސްވުމުގެ ދަށުން، ހަވާލުކުރެވުނު މަސައްކަތް ފުރިހަމަ ކުރުމަށް އެފަރާތަށް ދެވިފައިވަނީ 150 ދުވަހެވެ. ކޮންޓްރެކްޓް ހަވާލު ކުރެވުނީ މަނިކް ޕްރައިވެޓް ލިމިޓެޑާއެވެ.